ads
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ސްޓެލްކޯ ޓީމާއިއެކު އެންމެ ފަހުން ކުޅުދުއްފުއްޓަށް ކަރަންޓު ދީފި
ސްޓެލްކޯގެ ޓީމެއް ހދ. ކުޅުދުއްފުއްޓަށް ގޮސް އެ ރަށުގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީއަށް ފޮނުވި ސްޓެލްކޯގެ ޓީމާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މައްސަލަ ހައްލުކޮށް މުޅި ސިޓީއަށް ކަރަންޓު ދެވިފައިވާ ކަން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފޭސްބުކް ޕޯސްޓަކުން ހާމަކޮށްދެއްވި އެވެ.

"މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން،" އޭނާ ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ކުޅުދުއްފުށްޓަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށްފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ނުވެ އޮތުމައްފަހުއެވެ. އެގޮތުން ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވި ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފަ އެވެ.


އެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ގެނެސް ވަނީ އިންސްޓޯލްކޮށްފަ އެވެ. މިއާއެކު ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވި ދަތިތައްވެސް ހައްލުވީކަމަށް ފެނަކަ ކޯޕެރޭޝަނުން މައުލޫމާތުދެއްވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް