ads
އަލިފުށީ ފުޓްބޯޅަ ދަނޑު. ފޮޓޯ ފޭސްބުކް އަލިފުށި ފުޓްބޯޅަ
އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
ރ. އަލިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އެޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.

މިއީ 90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމަން އެެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކޮށް މަގުތަކުގައި މަގު ބައްތި ޖަހަން ވަނީ ހަމަޖެހިފަ އެވެ.

your imageރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުގެ އަމަލީ މަސައްކަތް ފެށުން --

އަލިފުށީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ބޮޑެތި މަގުތަކާއި ޢާންމު ޚިދުމަތްތައް ދޭ އިދާރަތަށް ހުރި މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ. އަލިފުށީ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވައިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމަވާފަ އެވެ. އެގޮތުން ސިޓީތަކުގެ ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު، އެހެން ރަށްތަކުގައި ޢާންމުކޮށް ބޭނުންކުރާ ބޮޑެތި ހުރިހާ މަގުތައް ތަރައްގީކުރުމަށް ނިންމާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް