ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، ވަނީ އެދާއިރާއަށް ވާދަކުރާ ސަރުކާރުން ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމާފައެވެ. އަދި ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރިނަމަވްސ ރިޔާޒަކީ އިންތިހާބުގައި ތިމަރަފުށިން ރައީސް މުއިއްޒު އެންޑޯސްކޮށްފައިވާ ކެންޑިޑޭޓެވެ.
ލީލާއާ ޒިލްމާއަށް ކުރި ތާއީދު ޑިމޮކްރެޓްްސް އިން އަންބުރާ ގެންގޮސްފައިވަނީ ސަރުކާރު ކެންޑިޑޭޓަށް ތާއީދުކުރުމުންކަމަށް އެ ޕާޓީން ބުނެއެވެ. އަދި މި ދެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެއެވެ.
ދާއިރާއަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް ތާއިދުކުރި ނަމަވެސް މި ކެންޑިޑޭޓުންގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނާނެއެވެ.
މަޖިލިސް އިންތިހާބުގެ ވޯޓްލުން އަންނަ އާދިއްތަ ދުވަހު އޮންނައިރު ކެމްޕެއިންގެ ފޯރި ވަނީ މާލޭ އަތޮޅުތެރޭ ފޯރި ގަދަވެފައެވެ. އިންތިހާބާއި ގުޅުވާ ރިޝްވަތު ދިނުމާއި ނުފޫޒުގެ ބޭނުންކުރުމާއި ވަޒީފާގެ ބިރު ދެއްކުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އިލެކްޝަންސް އިން ބުނީ އިންތިހާބާއި ގުޅިގެން 41 މައްސަލައެއް އެ ކޮމިޝަނަށް ހުށައެޅިފައިވާކަމަށެވެ.