ޓެލެގްރާމް ގްރޫޕްތަކެއް މެދުވެރިކޮށް ހިންގަނިކޮށް ފެންމަތިވި، ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި ގްރޫޕްތަކާ ގުޅިގެން އުޅުނު ޓެކްސީ ޑްރައިވަރަކީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މައުލޫމަތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ކޮށްފައިވާ ޓެކްސީގެ ޑްރައިވަރެވެ. މީގެ ކުރިން އެ މައްސަލައިގައި އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް ހައްޔަރުކޮށްފައިވެއެވެ. އެއީ ދެމަފިރިންނެވެ.
މިދިޔަ އަހަރުގެ އެޕްރީލުން ފެށިގެން ހިންގަމުން އައި މި ޗެނަލްތަކުގައި 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފައިވެ އެވެ.