ads
ރައީސް ޑރ މުއިއްޒު
ގޮނޑި ގެއްލޭ ބިލް ރައީސް ތަސްދީގުކުރައްވައިފި
މެމްބަރުން ގަނެ ވިއްކުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
Advertisement

ރައީސް މި ބިލް ތަސްދީގު މިއަދު ކުރެއްވިއިރު ބިލް ފޮނުވި ފަހުން ރައިސް ގޮތެއް ނިންމުމަށް ގާނޫނުގައި ބުނާ މުއްދަތު މިއަދު ހަމަވާނެއެވެ. މި ބިލް ތަސްދީގުނުކޮސް ލަސްކުރަމުންދާޓި އިދިކޮޅު އެމްޑީޕީއާ ރައީސް ޔާމީންގެ ފާޑު ކިޔުންތައްވަނީ ރައީސް މުއިއްޒަށް އަމާޒުވެފައެވެ. 

ބިލެއް ރައްޔިތުން މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ރައީސް އޮފީހަށް ފޮނުއްވުމުން 15 ދުވަހުގެ ތެރޭގައި އެ ބިލެއް ތަސްދީގު ކުރުމާ މެދު ރައީސް ގޮތެއް ނިންމަވަން ޖެހެއެވެ. އަދި ތަސްދީގު ނުކުރައްވާ ނަމަ، އެ މުއްދަތުގެ ތެރޭ ދެ ވަނަ ފަހަރަށް ވިސްނުމަށް އެ ބިލު މަޖިލީހަށް އަނބުރާ ފޮނުއްވަން ޖެެހެ އެވެ.  

ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 1 ވަނަދުވަހު އެވެ. 

މި ބިލްގައިވާ ގޮތުން އެމީހަކު އިންތިހާބު ގޮނޑިއަކުން 3 ހާލަތެއްގައި އިސްތިއުފާ ދޭންޖެހެއެވެ. އެއީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އެހެން ޕާޓީއަކަށް ބަދަލުވުމާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެވެ. މި އިން އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ 7 ދުވަހުގެތެރޭގައި އިސްތިއުފާން ދޭންޖެހޭނެކަމަށް ބިލުގައިވެ އެވެ. އެހެންނަމަވެސް އިސްތިއުފާ ނުދީފިނަމަ ދެން ހެދޭނެ ގޮތެއް ބިލޕުގައި ހިމަނާފައެއް ނުވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް