ads
ބައިބަލާ މުބާރާތުގެ ތެރެއިން
ބައިބަލާ ކުއާޓާ ފައިނަލް މެޗުތައް މިރޭ
އީދު ބައިބަލާ ޗެލެންޖު 1445"ގެ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ އޮންނާނެއެވެ.

ބައިބަލާ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ޓީމުތަކަކީ ބުރު ސްޕޯޓްސް ކްލަބާއި ވިއެނާ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބު ކާސިންޖީ އާއި ޔުނައިޓެޑް އީސްޓް ކޯސްޓާއި ކުޑަހެންވޭރު ޔުނައިޓެޑާއި ޖޭކޭ ސްޕޯޓްސް ކްލަބާއި ކްލަބް އޯވަންއޯއެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއެނާ ސްޕޯޓްސް ނިކުންނާނީ ބައިބަލާގެ ގަދަ ބާރެއް ކަމުގައިވާ ބުރު ސްޕޯޓްސް ކުލަބްއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ކުލަބް ކާސިންޖީ ނުކުންނާނީ ޓީސީ ސްޕޯޓްސްއާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި ވާދަ ކުރާނީ މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރި ޔުނައިޓެޑް އީސްޓް ކޯސްޓް އާއި 2019 ވަނަ އަހަރުގެ އީދު ބައިބަލާ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޑަހެންވޭރު ޔުނައިޓެޑްއެވެ. ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޖޭކޭ ސްޕޯޓްސް ކުލަބް ނިކުންނާނީ 2022 ވަނަ އަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުލަބް އޯވަންއޯ އާއި ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް