ހޭންޑް ބޯލް އެސޯސިއޭޝަނުން ނިންމާފައިވަނީ، ހަތްވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް އަންނަ މަހު 15 ގައި ފަށާށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުން ޓީމުތަކުން އެޕްލިކޭޝަން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު، މި މަހުގެ 28 ވަނަ ދުވަހަށް ހަމަވާއިރު، ޓީމު ލިސްޓު ހުށަހަޅަން ޖެހޭ މުއްދަތު ހަމަވާނީ އަންނަ މަހުގެ އަށްވަނަ ދުވަހުއެވެ. ހޭންޑްބޯލް އެސޯސިއޭޝަނުން ބުނ މި މުބާރާތުގެ ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އަންގާނެ ކަމަށެވެ.
ހޭންޑް ބޯލް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޝަން އޮންނާނެއެވެ. މި މުބާރާތުގައި ބިދޭސީ ކުޅުންތެރިންނަކަށް ނުކުޅެވޭނެއެވެ.