ރިޕޯޓްތައް ބުނާ ގޮތުން، ކެނެޑާގެ އެފްއޭއިން އެ ގައުމުގެ ހެޑް ކޯޗުގެ މަގާމު ލަމްޕާޑަށް ހުށަހެޅި ނަމަވެސް ލަމްޕާޑުވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑްކަޕް ހޯސްޓް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ކެނެޑާއިން އެ ގައުމުގެ ކޯޗު ކަމުގެ މަގާމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކޯޗުންގެ ލިސްޓުގައި ލަމްޕާޑް ޝޯޓް ލިސްޓުކުރެވި، އަދި ލަމްޕާޑަށް ހުށެހެޅުން ހުށަހެޅި ނަމަވެސް އެކަމާ ލަމްޕާޑް ދެކޮޅު ހެދި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރަނގަޅު ފުރުސަތަކަށް އިންތިޒާރު ކުރަމުންދާ ކަމަށް ލަމްޕާޑާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ އެންމެ ފަހުން ހުރީ ޗެލްސީގެ ވަގުތީ ކޯޗުކަމުގެ މަގާމުގައެވެ.