ads
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން
ގުޅިފަޅު ބިން ހިއްކުމުގެ ފުރަތަމަ ބައި ނިންމާލައިފި
ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަމުންދިޔަ 150 ހެކްޓަރުގެ ބިން އިއްޔެ ހިއްކާ ނިންމާލާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި 18 މިލިއަން ކިއުބިކް މީޓަރުގެ ވެލިން 150 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މި މަޝްރޫއުގެ ދަށުން މި ސަރުކާރުން ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ މަސައްކަތް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަަހަރުގެ ޖުލައި މަހުގަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އަށެވެ.

ގުޅިފަޅުން އިތުރު ބިން ހިއްކަން މި ސަރުކާރުން ނިންމައި އެކަން ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވީ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް