ޕީއެސްޖީ ސެމިއަށް ދިޔައީ ރޭ ކުޅުނު ދެވަނަ ލެގު، ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް، ހައެއް ހަތަރެއްގެ އެގްރިގޭޓުންނެވެ.
މި ދެ ޓީމުގެ ފުރަތަމަ މެޗުން މޮޅުވެފައިވަނީ ބާސެލޯނާއެވެ. ދެވަނަ ލެގް ފަހަތުން އަރައި ކާމިޔާބު ކުރުމާއެކު އެކަން ވެގެންދާނީ، 2017 ވަނަ އަހަރުގެ ބަދަލު ހިފުމަކަށެވެ. ޗެމްޕިއަންސް ލީގު 2017 ގެ ކުއާޓާ ފައިނަލުގައި، ފުރަތަމަ ލެގްގައި ޕީއެސްޖީން ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރީގައި ވަނިކޮށް، ދެވަނަ ލެގް މެޗުގައި ހަ ލަނޑު ޖަހައި ބާސާއިން ނަތީޖާ އަނބުރާލާފައިވެއެވެ.
ރޭ ބާސެލޯނާގެ މިހާރުގެ ހޯމް ދަނޑު، އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފަހު ލެގު މެޗުގައި ތަރިއަކަށް ވީ، ކިލިޔަން އެމްބާޕޭ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗުގެ ބޮޑުބައެއް، ބާސާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ރޮނަލްޑް އަރައުހޯ އަށް 29 ވަނަ މިނެޓްގައި ރަތްކާޑު ދެއްކުމުންނެވެ.