އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖލިސް އިންތިހާބަށް ބޭނުންވާ ވޯޓް ކަރުދާސްތައް ޗާޕުކުރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށެވެ. އަދި އިންތިހާބަށް 287،462 ވޯޓު ކަރުދާސްކޮޅު ޗާފުކޮށްފައިވާކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ،
އެންމެ ގިނަ ވޯޓް ކަރުދާސް ޗާފުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށެވެ. އެ ދާއިރާއަށް 4327 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ.
މަޖިލިސް އިންތިހާބުގައި ޖުމްލަ 602 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެތެރެއިން 3 ފޮއްޓަކީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮއްޓެވެ. ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި އެވެ.
މަޖިލިސް އިންތިހާބުގައި މާލޭގައި ސަރަހައްދުގައި 241 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި 181 ފޮއްޓާއި ހުޅުމާލޭގައި 51 ފޮއްޓާއި ވިލިމާލޭގައި 9 ފޮއްޓެވެ.
ވޯޓް ފޮށި ބަހައްޓާނެ ތަންތަން
- މާލޭ 181 ފޮށީ
- ހުޅުމާލެ 51 ފޮށި
- އަތޮޅުތެރެ 319
- ވިލިމާލެ 9
- ރިސޯޓް 34
- ރާއްޖެއިން ބޭރުގައި 3
- ޖަލުތައް 5
އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
ވޯޓާސް ދެ ޖިންސަށް ބެހޭ ގޮތް
- އަންހެން 139،361
- ފިރިހެން 145،302
20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. އިންސައްތައިން ނަމަ އެއީ11.41 އިންސައްތަ އަންހެނުންނާއި 88.58 އިންސައްތަ ފިރިހެނުންނެެވެ.