ads
ހއ. ވަނގާރު
ވަނގާރު ތުރާކުނުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި
ތިލަދުންމަތީ އުތުރުބުރީ ވަނގާރަކީ އެއަތޮޅު ތުރާކުނުގެ ބައެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި އެވެ.

މިގޮތަށް ނިންމެވީ ރައީސް ޑރ. މުއިއްޒު ސޮއި ކުރައްވައި މިއަދު ނެރުއްވި ގަރާރެއްގަ އެވެ.

ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޭން ނިންމީ 2016 ވަނަ އަހަރު އެވެ. އެއީ 2.8 މިލިއަން ޑޮލަރަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޓޫރިޒަމަށް ނުނަގައި ތުރާކުނު ޔައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމެނުމަށް ނިންމަވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި، މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ތުރާކުނާ ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.

ރަށްރަށުގެ ކައުންސިލްތައް ބޭނުންވާ ގޮތަށް ކައިރީ ފަޅު ރަށްތައް ދޫކުރަމުން ގެންދާނެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް