ads
ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީން: އޭނާއަށް ތާއީދުކުރަން އެމްޑީޕީން ވަނީ ނިންމާފައި - ފޮޓޯ/ ޗެނަލް 13
ފުވައްމުލަކު އުތުރުގެ ޕީއެންއެފްގެ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު ޝަރަފުއްދީނަށް އެމްޑީޕީން ތާއީދުކޮށްފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާ އަކީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓެއް ނުނެރެން ނިންމި އެއް ދާއިރާ އެވެ. އެމްޑީޕީން ވަނީ ވ. ފުލިދޫ ދާއިރާ އާއި ތ. ގުރައިދޫ ދާއިރާ އަދި ފ. ނިލަންދޫ ދާއިރާ އަށް ވެސް ކެންޑިޑޭޓުން ނުނެރެން ނިންމާފަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީން އަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީން އަށް ތާއީދުކޮށް ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މީގެ ކުރިން އެމްޑީޕީން ވަނީ ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި ކެންޑިޑޭޓް އަލީ ޒާހިރު (އަލިޕީ)އަށް ވެސް ތާއީދުކޮށްފައެވެ.

މި ފަހަރުގެ އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ ވެސް އެމްޑީޕީންނެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައެވެ.

އަންނަ އާދިއްތަ ދުވަހު އޮންނަ 20 ވަނަ މަޖިލީސް އިންތިޚާބުގެ ވޯޓުލުން އެ ދުވަހު ހެނދުނު 8:00 އިން ފެށިގެން 5:30އާ ހަމައަށް ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ މަޖިލީސް އިންހާބުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް