
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑު އެހުންތައް މިދިޔަ ނޮވެމްބަރު މަހު އޮތީ ނިމިފަ އެވެ.
މި މައްސަލައިގެ އަޑު އެހުންތައް ނިމިފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްފަހުން މައްސަލަ ހުކުމް ކުރުމަށް ތާވަލު ކުރިއިރު، އެ މައްސަލަ ލަސްވެގެން މިހާރު އޮތީ ޖޭއެސްސީގަ އެވެ.
ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.