
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މިރޭ "ގދ. އަތޮޅު އިވެންޓް"ގެ ނަމުގައި މާލޭގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ދުއާއަކީ މާދަމާ އޮންނަ ޝަރީއަތުގެ މަޖިލިހުގައި ރައީީސް ޔާމީން މިނިވަންވުން ކަމުގަ އެވެ.
ރައީީސް ވިދާޅުވީ ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ކޮންޓްރޯލް މިވަގުތު އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ޖޭއެސްސީގެ ރައީސް އަދި މަޖިލިހުގެ ރައީސް އަސްލަމަކީ ވެސް އެމްޑީޕީ ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކަމަށް ވެސް ރައީީސް ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ބާރު ޖޭއެސްސީގައި އޮތުމާއެކު ބާރުގެ ބޭނުން އިދިކޮޅުން ހިފައި، ރައީީސް ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް ރައީީީީސް ތުހުމަތު ކުރެއްވި އެވެ.
ރައީސް މިހެން ވިދާޅުވިއިރު، ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްވާތީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިހުގެ ރައީސް އަސްލަމް ވަނީ މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޖޭއެސްސީގެ ނުފޫޒުން ޝަރުއީ ދާއިރާ އެއްކިބާ ކުރެވޭނީ ސިޔާސީ ގޮތުން އިންތިހާބުވާ ބޭފުޅުންނަށް އެކޮމިޝަނުގައި ނުތިބެވޭ ގޮތަށް ޖޭއެސްސީ އެކުލަވާލައިގެން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.