ads
ރިއަލް މެޑްރިޑްގެ ކުޅުންތެރިން
މެންޗެސްޓަ ސިޓީ އައުޓް، ރިއާލް ސެމީއަށް
ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓަ ސިޓީ ކަޓުވާލައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ރިއާލް މެޑްރިޑުން ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފިއެވެ.

ރިއާލް ސެމީއަށް ދިޔައީ، ޕެނަލްޓީ ޖަހައިގެން، 4-3 އިން އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަތުން މޮޅުވެގެންނެވެ. މިދީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސިޓީން ރެއާލް ކަޓުވާލި ކަޓުވާލުމުގެ ބަދަލު ހިފުމެކެވެ.

ރެއާލް ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު ތިން ލަނޑުން އެއްވަރުވިއިރު، ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނީ އެއް ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. 

ޕެނަލްޓީގައި ރެއާލުން ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. ސިޓީގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެ ބަލިވީ އެވެ.

ސެމީ ފައިނަލުގައި ރެއާލުން ކުޅޭނީ ރޭ އާސެނަލް ކަޓުވާލި ބަޔާން މިއުނިކާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް