ކުއާޓާ ފައިނަލުގައި ރޭ އާސެނަލް ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއާއެކު، މި މުބާރާތުގައި ކާމިޔާބެއް ހޯދަން ކުރާ މަސައްކަތް އަނެއްކާވެސް ދިގުލީއެވެ. އާސެނަލްއަށް ދުވަހަކުވެސް ޗެމްޕިއަންސް ލީގު އަދި ނުލިބެއެވެ. މި ފަހަރު އެ ޓީމުން ޗެމްޕިއަންސް ލީގުގައި ވާދަ މި ކުރަނީވެސް 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ.
އާސެނަލްއާ ބަޔާންގެ ފުރަތަމަ ލެގު ނިމުނީ ދެ ލަނޑުން އެއްވަރު ވެގެންނެވެ. ރޭގެ މެޗު، އެއް ލަނޑުން މޮޅުވުމުން ބަޔާން ކުރިހޯދީ އެގްރިގޭޓަށް ބަލާއިރު، 3-2 އިންނެވެ.