ads
މިސްރާބު ހަމަމަގަށް ބާރަށު ޖަލްސާގައި ރައީސް ސޯލިހު: ވިދާޅުވީ މަޝްރޫތައް ނުހިންގަނީ ރަށްތައް ފަޅުކޮށް ބާރުތައް އަތަށް ނަގަން ކަމަށް - ފޮޓޯ:އެމްޑީޕީ
މަޝްރޫތައް ނުހިންގަނީ ރަށްތައް ފަޅުކޮށް ހުރިހާ ބާރުތައް އަތަށްނަގަން: ސޯލިހު
ރަށްތަކުގައި ފަށާފައި ހުރި މަޝްރޫތައް ކުރިއަށް ނުގެންދަނީ ރަށްތައް ފަޅުކޮށް، ހުރިހާ ބާރުތަކެއް އަތަށް ނަގަން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕެއިނުގައި މިއަދު ބާރަށުގައި ބޭއްވި އެ ދާއިރާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ ރަށްތަކުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތަކަށް ވެފައި ހުރި ގޮތް ފެންނަން އެބަހުރި ކަމަށެވެ. އެއްވެސް މަސައްކަތެއް އެއްވެސް ރަށެއްގައި އެކަން ކުރަންވީ ގޮތަށް ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވެފައި ވަނީ ގިނަ މަޝްރޫތައް ހުރީ ހުއްޓިފައި ކަަމަށާއި މަޝްރޫތައް ކުރިއަށް ނުގެންގޮސް ހުރީ ފައިސާ ނެތިގެން ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރަނީ މި ސަރުކާރުގެ ސިޔާސަތު އޮތް ގޮތުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ރަށްރަށް ފަޅުކޮށް، އެއްތަނަކަށް މީހުން ޖަމާކޮށް، ބާރުތައް ޖުމްލަ ގޮތެއްގައި އަތްމައްޗަށް ނެގުން އެއީ މި ސަރުކާރުގެ ވިސްނުން. ލާމަރުކަޒީ ނިޒާމު މުޅިން ފުޑުފުޑުކޮށްލައި، ކައުންސިލްތަކަށް ދީފައި އޮތް ބާރާއި އިހުތިޔާރު އެ ދަނީ ހަނިކުރަމުން. އެންމެފަހުން ގޮސް އެޓޯލްސް މިނިސްޓްރީގެ ދަށަށް މުޅި ހުރިހާ ރަށެއްގެ ހިންގުން ބަދަލުކުރެވިގެންދާ ތަން މި ފެންނަނީ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދިގެން އައީ އެކަންކަން ތަކުރާރުވެ، ރައްޔިތުން އަޅުވެތިކަމެއްގެ ތެރޭގައި ތިބި ދުވަސްވަރެއްގައި ކަމުގަ އެވެ. އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުން ތިބި ތަނަކުން ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުން ކުދި އާބާދީތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ނެތް ކަން ވަރަށް ސާފުކޮށް ހާމަވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވިސްނުން ހުރީ ހަމައެކަނި މާލެ އާ ކައިރި ސަރަހައްދުތައް ތަރައްގީ ކުރުމަށް ކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ މިކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް