ads
ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީ އާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
117 މިލިއަނަށް ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީއަށް
މ. ދިއްގަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިން ޔުނިޓު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެ މަސައްކަތް ކުރުމަށް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ.

ހައުސިން މިނިސްޓްރީން ބުނީ ދިއްގަރުގައި އިމާރާތްކުރާ 75 ހައުސިން ޔުނިޓުގެ ތެރެއިން ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓުތަކުގެ ވަށައިގެން އަލިކުރެވޭނެ ކަމަށެވެ. އަދި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. 

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއަށް ހަރަދުކުރަނީ ދިވެހި ސަރުކާރުން 2024 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކަމަށެވެ.

ދިއްގަރުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 117.9 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް