ads
ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީ އާ ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓިސީސީއަށް
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.  

ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއުގެ އަގަކީ 117.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތް 420 ދުވަހުގެ ތެރޭ ނިންމާ ފްލެޓްތައް ސަރުކާރާއި ހަވާލުކުރަންޖެހެއެވެ. 

ދިއްގަރުގައި އިމާރާތްކުރާ ފްލެޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެޕާޓްމަންޓުގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ސިޓިން ރޫމަކާއި ބަދިގެ އާއި ކާގެ އަދި ލޯންޑަރީ އާއި ސްޓޯ ރޫމެއް ހުންނާނެއެވެ. މީގެއިން އެޕާޓްމެންޓެއްގެ ބޮޑު މިނަކީ 1000 އަކަފޫޓެވެ. 

މި ހައުސިން ޔުނިޓްތަކުގައި އުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުން އެތަނުގައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ހަދާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް