ފެނަކައިން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ.
ފެނަކައިން ބުނީ ޗައިނާގެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އައްޑޫސިޓީގެ ހިތަދޫގައި އަލަށް ޤާއިމު ކުރެވޭ 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށްކަމެށެވެ.
މި މަސައްކަތުގެ ދަށުން އައު އިންޖީނުގެ ނިންމާ ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ މިންވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެންދާނެކަމަށްވެސް ފެނަކައިން ބުނެއެވެ. އަދި މި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާނެކަމަށްވެސް އައްޑޫ ސިޓީއަށް ކަރަންޓް ދެމުން ގެންދާ ފެނަކައިން ބުނެއެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފޭސްގައި ބަހައްޓާނީ 9.8 ކިލޯވޮޓްގެ ދެ ޖެން ސެޓާއި އަދި 5.8 ކިލޯވޮޓްގެ ދެ ޖެން ސެޓް ކަމަށްވެސް ފެނަކައިން ބުނެއެވެ.
އެއްބަސްވުމުގެ ދަށުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނަށް ފައިސާ ދައްކާ ނިންމަން ޖެހޭނީ 12 އަހަރު ދުވަހުންކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫއަށް ކަރަންޓުގެ މައްސަލަ ދިމާވެ، ސިޓީގެ ރަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.