ads
ޝަމްހާ ކުރީގެ ރޭހަކަށް ފަހު
ޝަމްހާ ގައުމީ ރެކޯޑް އާކޮށްފި
ޖަރުމަނުވިލާތުގައި އޮތް 5000 މީޓަރުގެ ރޭހުން ހަތަރުވަނަ ހޯދައި، ޝަމްހާ އަހްމަދު ރާއްޖޭގެ ރެކޯޑް މުގުރާލައިފި އެވެ.

ޖަރުމަނުގެ ފްރެފްރަތު ރެއިލްވޭ އޯޕަން 5000 މީޓަރުގެ ރޭސް، ޝަމްހާ ނިންމީ 19 މިނެޓާއި 42.45 ސިކުންތުންނެވެ. މިއީ ރާއްޖޭގެ އާ ރެކޯޑެކެވެ. މި ރެކޯޑް ކުރިން އެ ރެކޯޑް އޮންނަނީ އާމިނަތު ޖައިޝާ ޖުނީޒް އަތުގަ އެވެ. ސެޕްޓެމްބަރު 2022 ގައި ބޭއްވި ގައުމީ މުބާރާތުގައި ދުވެ، ޖައިޝާ އެ ރެކޯޑް ހެދީ 19 މިނެޓާއި 43.09 ސިކުންތުންނެވެ.

ޝަމްހާ ވަނީ މި ރޭހުގައި އޭނާގެ ވާދަކުރި އުމުރުފުރާއިން ދެވަނަ ހޯދައިފަ އެވެ. ހަތަރު ވަނައިގައި އުމުރުން 41 އަހަރުގެ ޝަމްހާ، ރޭސް ނިންމި އިރު އޭނާ ވާދަ ކުރީ އޭނާއަށް ވުރެ އުމުރުން ހަގު ދުވުންތެރިންނާ ދެކޮޅަށެވެ.

އަންނަ ހޮނިހިރު ދުވަހު ޖަރުމަނުގައި ބާއްވާ 10،000 މީޓަރުގެ ރޭހުގައި ވެސް ޝަމްހާ ވާދަ ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް