ޔުވެންޓަސްއިން ރޮނާލްޑޯއަށް ދޭން އަމުރު ކުރި 10 މިލިއަން ޑޮލަރަކީ މުސާރައިގެ ގޮތުގައި ދޭންޖެހޭފައިސާއެވެ. އެއީ ކޮވިޑް 19އާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ ސީޒަނަށް 2020/2021 ވަނަ އަހަރުގެ ސީޒަންގައި ބުރޫ އެރުމާއެކު، ރޮނާލްޑޯގެ މުސާރައިން އުނިކުރި ބައެކެވެ. އޭރު އެ ފައިސާ އުނިކުރީ، ފަހުން ދޭ ގޮތަށެވެ. އެހެންނަމަވެސް އެ ފައިސާ ނުލިބުމުން ޝަރުއީ މަރުހަލާއިން ފައިސާ ހޯދަން ޖެހުނީއެވެ.
ރޮނާލްޑޯގެ ފަރާތުން ދައުވާ ކުރީ ޔުވެންޓަސް އިން 17 މިލިއަން ޔޫރޯ ހޯދާށެވެ. އެހެންނަމަވެސް އިޓަލީގެ އާބިޓްރޭޝަން ކޯޓުން ނިންމީ ރޮނާލްޑޯ އަށް މުސާރައިގެ ގޮތުގައި ދޭންޖެހޭނީ ޓެކްސް ކެނޑުމަށްފަހު، ބާކީވާ އަދަދު ކަމަށެވެ.
ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ދެ ފަހަރު އިޓާލިއަން ސީރިއާގެ ޗެމްޕިއަންކަން ހޯދައިފައެވެ.