ads
ކުރިން ރާއިސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާޠިލުކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރި ދުވަހުގެ ތެރެއިން : ފޮޓޯ: ޕީއެސްއެމް
ޔާމިން ޝަރީއަތަށް ގެއިން ނުކުންނަވަމުން،"މިހާރު މިތަނަށް އަބްދުއްރަހީމެއް ނާދޭ ދޯ"
ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާ ހުކުމް އިއްވާ ޝަރީއަތުގެ މަޖިލީހަށް ދާން ގެއިން ނުކުންވަމުން އަބްދުއްރަހީމަށް އަނެއްކާވެސް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުމުގެ ހުކުމް އިއްވުން ތާވަލުކޮށްފައި އޮތީ މިއަދު 1 ޖަހާއިރަށެވެ. 

މައްސަލައިގެ އަޑުއެހުމަށް ގެއިން ނުކުންނަވާ އެތަނުގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާ އަޅާލެއްވުމަސްފަހު ވަނީ މަޖާ ރާގެއްގައި ސުވާލެއް ކުރައްވާފައެވެ. 

"މިހާރު ނާދޭދޯ މިތަނަށް އަބްދުއްރަހީމެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޕީޕީއެމް ޕީއޭންސީގެ ލީޑަރުން ޕެނަލް ޑިސްކަޝަނެއް ބައްވާ ރައީސް ޔާމީނާއި އެމަނިކުފާނު އަރިހުގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ ޑރ ޖަމީލާއި މަލީހަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. 

އެގޮތުން ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު އެމަނިކުފާނު މިނިވަން ކުރުމަށް އަނބިކަނބަލުންނާއި ދަރިކަލުން މުޒާހަރާއަށް ނުނިކުންނެވީ ކީއްވެގެންތޯ ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް ވަނީ ސުވާލުކުރައްވާފައެވެ. 

މި ވާހަކަތަކަށް ރައީސް ޔާމީން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. ރައީސް ޔާމީން ވަނީ އަބްދުއްރަހީމަށް ސިޔާސީ މަގާމުތައް ލިބުނު ގޮތާއި މެދުވެސް ސުވާލު ކުރައްވާފައެވެ. 

" އަބްދުއްރަހީމަށް މި ހުރިހާ މަގާމުތަކެއް ލިބުނީ އަބްދުއްރަހީމްގެ އަންހެނުންނާއި އޭނާގެ ދަރިފުޅާއި މި ހުރިހާ އެންމެން ނުކުމެ މަގުމަތީގައި ސިޔާސީ މަސައްކަތްކޮށްގެންތޯ؟ ހާދަ ހާންދާނު އާއިލާ ބޮޑު މީހަކަށް ވެއްޖެޔޭ މަގާމުތަކާއި ހަމައަށް އައީމަ" އަބްދުއްރަހީމަށް ރައްދުދެއްވާ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް