ads
ރައީސް ޔާމީން މިއަދު ކޯޓަށް ވަޑައިގަންނަވަނީ. ފޮޓޯ : ސަން އެމްވީ
ހައްގުތައް ގެއްލިއްޖެ، ޝަރީއަތް ލަސްވުމަކީ މީ ސަރުކާރުންވެސް ބޭނުންވިގޮތް
ދަށު ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިނާފު ލަސްވުމުން ގިނަ ހައްގުތަކެއް ގެއްލިގެން ހިއްގަޖެއްކަމަށާއި ޝަރީއަތް ލަސްކުރަން މި ސަރުކާރުންވެސް މަސައްކަތް ކުރިކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ހިޔާނާތުގެ މައްސަލާގައި ދަށުކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިއަދު ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ. 

ޖަލު ހުކުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލުވާނެކަމަށް މާކުރިންވެސް އެނގިވަޑައިގަންނަވާކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ގެނައީ ނުކުރާކަމަށް އުފައްދާފައިވާ އެއްޗެހިތަކެއްކަމަށެވެ. 

" އަޅުގަނޑުގެ ކޮންވިކްޝަން އޮތް މީގެ މައްސަލައެއް އަޅުގަނޑު މައްޗަށް ސާބިތުނުވާކަމަށް. އޭރުވެސް އެނގޭ މި ހުރި ފެކްޓްތަތަކަށް ބަލާއިރު ދައުލަތގެ އެބުނާ ކަހަލަ ކޮންވިންސިން އެއްވެސް އެވިޑެންސެއް ނެތީ." ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސލައިގެ ޝަރީތަަށް ދައުލަތުގެ ވަކީލުން ނައިސްގެން ޖެހިޖެހިގެން 3 ހަފްތާގައި އަޑުއެހުން ކެމްސަލްވިކަމަށެވެ. އަދީ އެއީ މި ސަރުކާރުގެ ބައިވެރިވުން އޮތްކަމަށްކަމަށް ގަބޫކުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. 

" ރޭގެ އަޅުގަނޑުމެންގެ ޖަލްސާއެއްގައި އެވާހަކަ ދެކެވުނީ އެއީ މިހާރު ސަރުކާރު ހިންގާ ޕާޓީ ނޫނީ އަޅުގަނޑު ހުރި ޕާޓީގެ މީހުން އޭގައި އިންވޯލްވެގެން ހިނގި ކަމެއްކަމަށް އެބޭފުޅުން އަމިއްލައަށް ފުޅަށް އެވާހަކަ ދެއްކެވި ވާހަކަ އަަޑުއަހައިގެން ދެއްކި ވާހަކައެއް. އަދި އެބޭފުޅުން އެއަކަށް ރައްދެއް އަދިވެސް ނުދެއްވާ. އެހެން ވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އެކަން އެއީ ރޭގައި ވާހަކަ ދެއްކުނު ގޮތަށްކަމަށް" ރައީސް ޔާމީން ވިދާޅުވިއެވެ.

 

ޖަލު ހުކުމް މިނިވެވަޑައިގެން ފުރަތަމަ ފަހަރަށް މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއްވެސް ތައުލީމެއް ނެތް މީހުންނާާއި އާއިލީ މީހުންނަށް ވަޒީފާ ދިނުމާއި ބިންތައް ބޭރު މީހުންނަށް ދިނުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް