ads
މަރުކަޒުގައި ނަމާދުކުރަނީ
ހަގީގަތަކަށް ވިޔަސް، ކޮންމެ ވާހަކައެއް ފަތުރާކަށް ނުޖެހޭ: ހުތުބާ
ހަގީގަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫންކަމުން އެކަން ނުކުރުމަށް މިއަދު ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގެ މައުޝޫއަކަށް ކަނޑައަޅާފައިވަނީ "މުއުމިނުންގެ ސިފަތައް" މި މައުޝޫއެވެ. 

ހުތުބާގައި ވަނީ ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެެއްކަމަށެވެ. އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ހުތުބާގައި ވަނީ ގޮވާލައްވާފަ އެވެ. 

" ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ، ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމާށެވެ! މާތް ﷲ ވަޙީކުރައްވާފައިވައިވާ އާޔަތެއްގައި މާނާގައިވެއެވެ. ‎"އަދި އެބައިމީހުންނީ ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތް މީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ." ހުތުބާގައި ވެއެވެ.

މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔަކީ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުންކަމަށް ހުތުބާގައިވެ އެވެ. 

"އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ހާބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ހަގީގަތާ ދުރު ކަންކަމުގައި މަޝްއުލުވެއުޅުމަކީ ދެރަކަމެކެވެ. " ހުތުބާގައިވެ އެވެ.

މިއަދުގެ ހުތުބާގައިވަނީ އަމާނާތްތަކާއި އަހްދުތަކަށް ރައްކާތެރިވުމަށްވެސް ގޮވާލައްވާފަ އެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ހަވާލުވެފައިވާ މީހެއްކަމަށާއި އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަނި ނޫންކަން ހުތުބާގައި ވަނީ ހަނދާން ކޮށްދެއްވާފަ އެވެ. 

" އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް ﷲ ހަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ހައްޖެވެ. ދެވަނަ ވައްތަރަކީ އަޅުތަކުންނާއި ގުޅިފައިވާ ހައްގުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ."

ފަރުޝު ނަމާދުތަކަށް ރައްކާތެރިވުމާއި ޒަކާތް ދިނުމާއި އަމާނާތްތަކަށް ރައްކާތެރިވުމަށްވެސް މިއަދު ހުތުބާގައި ވަނީ ނަސޭހަތް ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް