ވަޒީފާ ނެތް ފަރާތްތަކަށް ދޭނެ އެލަވެސެއް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއްކަން ފާހަގަކޮށް ކުރިމަތި ކުރުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީފާނެތް ފަރާތްތަކަށް އެހީއެއް ވުމަކީ މުހިންމު ކަމެއްކަމަށެވެވެ.
އެހެން ނަމަވެސް މިހާލަތުގައި އެމްޑީޕީގެ ވައުދުތަކާއި ސަރުކާރުގެ ވައުދުތައްވެސް އަލުން އަނބުރާ މުރާޖާކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެތައް ބައިވަރު ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވާކަމަށާއި، އެމީހުނަށް އުޅެވޭނެ ގޮތެއް ހޯދުމުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަމަށެވެ.
އަދި މަޖިލީހުން ރައީސް އަށް އަރުވާ ލަފާގައި މިގޮތަށް ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި އާމްދަނީ ގެއްލިފައިވާ ފަރާތްތަކާއި މެދު އަމަލުކުރެވޭނޭ ގޮތެއް ރައީސްއަށް ދަންނަވާނެ ކަމަށް ވިދާޅުވި އެވެ.