ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސްޕެޝިއަލް އޮލިމްޕިކްސް، ސައުތު އޭޝިއާ ކަޕް ފުޓްބޯލްގައި ރާއްޖޭން އިންޑީޔާ ބަލިކުރީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި ރާއްޖޭގެ ޓީމުގެ، ހުމައިދު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ، އަޝަމް އެވެ.
މި މުބާރާތުގައި ދިވެހި ޓީމު ދެން ކުޅުނީ، ބަންގްލަދޭޝް އަދި އިންޑޮނީޝިއާއާ ދެކޮޅަށެވެ. ބަންގްލަދޭޝް އިން ދެ ޓީމު ކުޅެއެވެ.
ބަންގްލަދޭޝްގެ ސްޕެޝިއަލް އޮލިމްޕިކްސް ކޮމިޓީން އިންތިޒާމްކުރި މި މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ، ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.