ads
ކެލާ ދާއިރާ އެމްޑީޕީ ކެންޑިޑޭޓަށް ޔާމިން ތާއީދުކޮށްފި
ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް އަހްމަދު ގާލިބަށް ތާއީދުކުރަން ނިންމަވާ ކުރީގެ ރައީސް އަބްދުالله ޔާމީން އެކަން އިއުލާންކުރައްވައިފި އެވެ.

ރައީސް ޔާމީން މިކަން ހާމަކުރެއްވީ ޖަލު ހުކުމުން މިނިވަންވެޑައިގެން މަޖިލިސް އިންތިހާބަށް ކުރެއްވި ފުރަތަމަ ކެމްޕެއިން ދަތުރުފުޅުގައި ފުވައްމުލަކުގައި ހުންނަވާއެވެ. 

އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޒާތީ ތައްސަބަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަމަށާއި ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތްކޮށްދޭ މީހެއްކަމަށްވާނަމަ އެމީހަކަށް ތާއިދުކުރައްވާނެކަމަށެވެ. އަދި ގާލިބަކީ ޕީޕީއެމްގައި އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ޒުވާނެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. 

"ގާލިބްއަކީ ތައުލީމީ ޒުވާނެއް. ގާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަމޭ. އެ ބޭފުޅުން ހަރުދަނާ ކުއްޖެއް, ތައުލީމީ ކުއްޖަކަށް ޓިކެޓު ދިނުމުގެ ބަދަލުގައި, އޭނާ މިވަގުތު ހުރީ އެމްޑީޕީގައި. އޭނާއަކީ މިކަން ކުރެވޭނެ ކުއްޖެއް," ޔާމީން ވިދާޅުވިއެވެ.

ގާލިބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނު ސަރުކާރުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމްގެވެސް އާއިލީ ކުއްޖެކެވެ. 

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ތެރޭގައި ރިޔާސީ ޓިކެޓާ މެދު ހިޔާލުތަފާތުވުން އުފެދި މަސްލަހަތު ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވަނިކޮށް ޕާޓީއާ އެކު ކުރިޔަށް ދެވެން ނެތްކަން ހާމަކޮށް ގާލިބް ފީޕީއެމުން ވަކީ މިދިޔަ އަހަރުގެ ޖޫންމަހުގެ 10 ވަނަދުވަހުއެވެ. ގިނަ އަދަދެއްގެ ބަޔާއެކު ގާލިބް އެމްޑީޕީއާއި ގުޅުނީ އޭގެ 9 ދުވަސްފަހުން ޖޫން 19 ވަނަދުވަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް