ލ މާވަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ އެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު އިސްމާޢީލް ސުއޫދާއި މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ ބައިވެރިވި އެވެ. މީގެ އިތުރުން އެދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓްވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ލ. މާވަށު ބިން ހިއްކަން ފެށިކަން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެކްސްގައި ޕޯސްޓްކޮށް ބައެއް ފޮޓޯތައް ހިމެނިނަމަވެސް ބިން ހިއްކުމަށް އެ ސަރަހައްދުގައި ޑްރެޖަރެއް އޮތްތަންވެސް ފެންނާކަށް ނެތެވެ. އަދި މި މަޝްރޫގެ ތަފްސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް ކުރިމެތިވެފައިވާ ދަރަނިވެރި ހާލަތު ގަބޫލުކުރައްވާކަމަށް ވިދާޅުވެ މަޖލިސް އިންތިހާބާއި ދިމާކޮށް ކަނޑަ ޖަހާނެ ރައީސްއަކަށް ނުވާނެކަމަށް ރައއީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަދުވަހުއެވެ.
އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މަޝްރޫއުތައް ފަށަމުންނެވެ. ބައެއް މަޝްރޫތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ މާ ގިނައިރުތަކެއް ނުވަނީސް އަމަލީ މަސައްކަތްވެސް ފަށާފައި އެބަހުއްޓެވެ. އަދި ގިނަ މަސައްކަތްތަކުގައި ތަފްސީލުތަކެއްވެސް އާއްމެއް ނުކުރެއެވެ. ބިން ހިއްކަން ފަށާ އެކްނަ އިއުލާންކުރާއިރު އެ ސަރަހައްދުތަކުގައި ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރުތަކެއްވެސް ނެތެވެ.
މިިދިޔަ ދެ ދުވަސްތެރޭ ބިން ހިއްކުން ފެށި / ހަވާލުކުރި
މިިދިޔަ ދެ ދުވަސްތެރޭ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރި
މިިދިޔަ ދެ ދުވަސްތެރޭ މަގު ހަދަން ފެށި / ހަވާލުކުރި
މިިދިޔަ ދެ ދުވަސްތެރޭ ބޯހިޔާވަހިކަން ހައުސިން ޔުނިޓް
މ. ދިއްގަރު ( 75 ޔުނިޓް ބިންގާވެސް އަޅައިފި )
މީގެއިތުރުން އައްޑޫގެ ކަރަންޓް ރަނގަޅުކުރުމަށް ފެނަކައިން ޗައިނާ ކުންފުންޏަކާއި ހަވާލުކުރީވެސް މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެޗްޑީސީން ހުޅުމާލޭގައި ރޭސިން އާ ޑްރާޕްޓިން ސްޕޯޓްސް އެރީނާއެއް ހަދަން އެއްބަސްވުމުގައި ސޮއިކުރީވެސް މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ފްލެޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށީވެސް ހަމަ އެދުވަހު އެވެ.