ads
ރައީސްއާ އެމަނިކުފާނު އާއިލާ މުލިއާގޭގައި
އައިކޮމްއިން އެންގުމުންވެސް މުލިއާގެ ހަދަން ދިޔަ ހަރަދު ސަރުކާރުން ސިއްރުކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވުމަށް އެގެ މަރާމާތުކުރަން ދިޔަ ހަަރަދުގެ ތަފްސީލު ދިނުމަށް އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އެންގުމުވެސް އެ އޮފީހުން އަޅާ ނުލާ ދޫކޮށްލައިފި އެވެ.
Advertisement

މުލިއާގެ މަރާމާތުކުރަން ދިޔަ ހަރަދު ދިނުމަށް އައިކޮމުން މިދިޔަ މަހުގެ 28ގައި ރައީސް އޮފީހަށް އެންގީ މިދިޔަ ޑިސެމްބަރުމަހު އެ މައުލޫމާތު ހޯދުމަށް މިޑީއާއަކުން ހުށައެޅުމުން ރައީސް އޮފީހުން އެ މައުލޫމާތު ދީފައިނުވާތީއެވެ. އެދުވަހު އައިކޮމުން އަންގާފައިވަނީ 3 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދިނުމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. 

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ދަށުން މައުލޫމާތު ހާމަނުކޮށްގެން އައިކޮމުން ރައީސް އޮފީހާއި ދެކޮޅަށް ބޭއްވި އެއްވެސް އަޑުއެހުމަކަށްވެސް އެ އޮފީހުން ހާޒިރުވެފައެއް ނުވެއެވެ.

މުލިއާގެ މަރާމަތުކުރުމަށް ދައުލަތުގެ ބަޖެޓުން 9.4 މިލިއަން ފުރަތަމަ ދިނެވެ. އެހެންނަމަވެސް އެ އަދުން ނުވެގެން އަލުން ބަޖެޓަށް ރައީސް އޮފީހުން އެދުމުން ދެން ދިނީ ކިހާވަރެއްކަމެެއް އެއްވެސް އިދާރާއަކުން މިހާތަނަކަށް ނުބުނެއެވެ. އަދި އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލެއްވެސް ދީފައެއް ނުވެ އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިންގައި އަދި މިހާރު ކުރަމުން ގެންދާ މަޖިލިސް ކެމްޕޭނުގައިވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަކީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވާނެ މީހެއް ނޫންކަމަށެވެ.  

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް