ads
ނީސާ ދޭވްގަން
ނީސާގެ އުފަން ދުވަހު ބައްޕަ އަޖޭ ދިނީ ކޮން މެސެޖެއް؟
މަޝްހޫރު ފިލްމީ ތަރި އަޖޭ ދޭވްގަން އޭނާގެ އަންހެން ދަރިފުޅު ނީސާ ދޭވަގަން ގެ އުފަންދުވަހު ހިތުގެ އެންމެ ފުންމިނުން މެސެޖެއް ރައްދުކޮށް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަޖޭ ދޭވްގަން އާއި ކާޖޯލްގެ އަންހެން ދަރިފުޅު ނީސާ އުފަންވީ އޭޕްރީލް 20 2003 ގައެވެ. މިއަދަކީ ނީސާގެ އުފަންދުވަސްކަމަށް ވުމާއި އެކު އަޖޭ ވަނީ އިންސްޓަގްރަމްގައި ނީސާ އަށް ހާއްސަކޮށް ޕޯސްޓެއްކޮށްފައެވެ.

އެންމެފަހުން ބޮލީވުޑްގެ ކާމޔާބު ފިލްމް މައިދާން އިން ފެނިގެންދިޔަ އަޖޭ ދޭވްގަން ނީސާ އަށް ލިޔުނު މެސެޖް ގައި އޭނާ ވަނީ ވަރަށް އުފާވެރި އުފަންދުވަހަކަށް އެދިފައެވެ. އަދި އުޑުގާވާ ތަރިތައްހާ ގިނައިން ނީސާގެ ހިތްއެދޭހާ ހުރިހާ ކަމެއް ހަގީގަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރާކަމަށް އަޖޭ ވަނި އެ މެސެޖުގައި ހާމަކޮށްފައެވެ.

އަޖޭ ގެ އިތުރުން ނީސާގެ މަންމަ ކާޖޯލް ވެސް ވަނީ ނީސާއަށް އުފަންދުވަހުގެ މެސެޖެއް ރައްދުކޮށްފައެވެ. ނީސާގެ ހިނިތުންވެފައިވާ ފޮޓޯތައް ހިމެނޭ ޕޯސްޓެއް ގެ ކެޕްޝަންގައި ކާޖޯލް ވަނީ ދަރިފުޅު ދެކެ ވަރަށް ލޯބިވާކަމަށް ބުނެ މުޅި އުމުރަށްވެސް ނީސާގެ ރީތި ހިނިތުންވުމުގައި ދެމިހުންނާނެކަމަށް އުންމީދުކުރާކަމަށް ހާމަކޮށްފައެވެ. އަދި އުފަންދުވަހުގެ އެއް ދުވަސްކުރިން ކާޖޯލް ކުރި ޕޯސްޓެއްގައި އޭނާ ވަނީ އޭޕްރިލް 20 އަކީ ނީސާގެ އުފަން ދުވަހުގެ އިތުރުން އޭނާ މަންމައަކަށް ވީ އުފާވެރި ދުވަސްކަން ވެސް ފާހަގަކޮށްފައެވެ. 

ކާޖޯލް އާއި އަޖޭ ކައިވެނިކުރީ ފެބްރުއަރީ 24 1999 ގައެެވެ. 21 އަހަރުގެ ދަރިކަނބަލުގެ އިތުރުން  އެ ދަމަފިރިންނަށް ފިރިހިން ދަރިއަކުވެސް ވެއެވެ. އެއީ 13 އަހަރުގެ ޔުގް ދޭވްގަންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް