ads
ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑު އަޅަން އާރުޑީސީއާ ހަވާލުކޮށްފި
ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑު އަޅަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑު އަޅަން އާރުޑީސީއާ ހަވާކުރީ އެ ދަނޑަށް ބޭނުންވާ ޓާފް ހޯދާ ޓާފްވެސް އަޅާގޮތަަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު އަބްދުﷲ ރާފިއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރުއެވެ.  މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޮޅިވަރަމް ކައުންސިލުގެ ރައީސާއި ކައުންސިލް މެންބަރުން ވަނީ ބައިވެރިވެފައެވެ. 

މި މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. 

your imageހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑު އަޅާ ސަރަހައްދުގައި ކުޅިވަރުގެ ވަޒީރު އަބްދުރާފިއު އާ އާރުޑީސީ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މާދަމާ އޮންނައިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މަޝްރޫއުތައް ފަށަމުންނެވެ. ބައެއް މަޝްރޫތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ މާ ގިނައިރުތަކެއް ނުވަނީސް އަމަލީ މަސައްކަތްވެސް ފަށާފައި އެބަހުއްޓެވެ. އަދި ގިނަ މަސައްކަތްތަކުގައި ތަފްސީލުތަކެއްވެސް އާއްމެއް ނުކުރެއެވެ. ބިން ހިއްކަން ފަށާ އެކްނަ އިއުލާންކުރާއިރު އެ ސަރަހައްދުތަކުގައި ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރުތަކެއްވެސް ނެތެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް