ads
މޫސުން ގޯސްވެ ވިއްސާރަ ވެހުނު ދުވަހެއްގައި އައްޑޫ ސިޓީ ބޮޑު މަގުގައި ފެން ބޮޑުވެފައި
އިންތިހާބުގެ ވޯޓުލުން މާދަމާ، މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
މަޖިލިސް އިންތިހާބުގެ ވޯޓުލުން މާދަމާ އޮންނައިރު، މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ މާދަމާ ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރެއަށާއި އުތުރަށް ކެރީގެ އަސަރުފޯރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ވައި ޖެހޭނީ 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އޮފީހުން ފާހަގަކުރެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަނީ ފުރަމުންނެވެ. ވޯޓާ ގުޅިގެން އާދިއްތަ އާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް