ads
ހަވާ އެރުވުން
ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަނީ
މިރޭ ފަރުކޮޅުފުށީގައި ހަވާއަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހަވާ އަރުވަން ހަމަޖެހިނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 9:30 ގަ އެވެ. އަދި ތިން މިނިޓަށް އެކަން ކުރިިއަށް ދާނެ އެވެ.

ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުއްޓަކީ މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮންނަ ތަނެކެވެ.

މާލެ ސަރަހައްދުގައި އެންމެ ފަހުން ހަވާ އެރުވީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޝޯގެ ތެރޭގަ އެވެ.

ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށް ކަމަށްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް