ads
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވޯޓުލައްވަނީ - ފޮޓޯ: އެމްޑީޕީ
ފައްޔާޒް ވޯޓް ލައްވައިފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ވޯޓު ލައްވައިފި އެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގަ އެވެ.

ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވޯޓު ލައްވާފައިވާއިރު، 10:30 ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓު ލައްވަން ވަޑަގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ރަައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފަ އެވެ. އެ މަނިކުފާނު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަށެވެ.

މަޖިލިހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 5:30 އާ ހަމައަށް ކުރިއަށްގެންދަން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ލަފާގެ މަތިން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފަ އެވެ.

މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބެއެވެ. އެއީ 145،302 ފިރިހެނުންނާއި 139،661 އަންހެނުންނެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށް މި އިންތިހާބުގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް