ދޯނި ފެނުނު އަސުރުމާ ދޯނިން ވަނީ ގެއްލިގެން ހޯދަމުުން އަންނަ އޭއޭއޭ-37 ދޯނި ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެ ދޯނިން ބުނީ ގެއްލިގެން ހޯދަމުން އައި ދޯނި ފެނިފައިވަނީ ވ. ރަކީދޫން ބޭރުންކަމަށެވެ. އަދި ދޯނި ފެނުމުން އެކަން ސިފައިންނަށް އެންގިކަމަަށާއި އެންގުމުން އެ ދޯންޏާއި ސިފައިންނާއި ގުޅިފައިވާކަމަށް އެ އިދާރާއިން ބުނިކަމަށްވެސް އަސުރުމާ ދޯނިން ބުނެއެވެ.
އެމްއެންޑީއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ ގެއްލިގެން ހޯދާ ދޯންޏާއި ގުޅި އެ ދޯނި އޮތް ސަރަަހައްދަށްް ކޯސްޓް ގާޑުގެ ޝަހީދު އަލީ ދަތުރުކުރަމުން އަންނަކަމަށެވެ.