ads
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ރަސްމިއްޔާތެއް
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމުކުރުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަ ކޮށްދެއްވާފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 34 ވަނަ އަދަދު ވެސް މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ނެރެއްދެއްވާފަ އެވެ.
 
އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވާ ކަމުގަ އެވެ.
 
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވާއިރު، ރަސްމިއްޔާތު ނިންމާލާފައިވަނީ ހާއްސަ ދުއާ އަކާއި ސިފައިންގެ ލަވައިންނެވެ.
 
ދިވެހިރާއްޖޭގައި ސިފައިންގެ ހިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް 21 ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް