ads
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައިނަލްއަގްވާމީ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތައް އޮބްޒާވްކުރުމުގެ ތެރެއިން - ފޮޓޯ: އީސީ
މަޖިލިސް އިންތިހާބު: އެޗްއާރުސީއެމްއިން ވެސް ދަނީ ވާނުވާ ބަލަމުން
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު މާލެ ސަރަހައްދާއި ބައެއް އަތޮޅުތަކުގައި ބެހެއްޓިފައިވާ ވޯޓުފޮށިތައް އޮބްޒާވްކުރުމަށް ހަރަކާތްތެރިވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

‏އެޗްއާރްސީއެމްއިން ބުނީ މާލެ ސަރަހައްދުގެ އިތުރުން 18 އަތޮޅެއްގެ 35 ރަށަކާއި އެއް ޖަލޔުގައި ބަހައްޓާފައިވާ ވޯޓު ފޮށި އެ ކޮމިޝަނުން އޮބްޒާވްކުރަމުންދާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގެ 93 މަރުކަޒަކާއި، މާލެ ސަރަހައްދުގެ 168 މަރުކަޒަކާއި، ޖަލުގައި ފޮށި ބެހެއްޓޭ ދެ މަރުކަޒެއް ހިމެނޭގޮތުން ޖުމްލަ 263 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓުފޮށިތައް އޮބްޒާވް ކުރާނެ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އަތޮޅުތެރޭގެ 23 މަރުކަޒަކާއި، ގުރޭޓާ މާލޭގެ 16 މަރުކަޒަކާއި، މާފުށީ ޖަލުގައި ބެހެއްޓޭ ވޯޓު މަރުކަޒު ހިމެނޭގޮތަށް މެދުކެނޑުމެއްނެތި ހެނދުނު 6:30 ފެށިގެން ވޯޓުލާމަރުކަޒެއްގައި ނަތީޖާ އިއުލާންކޮށް ނިމުމާ ހަމަޔަށް 40 މަރުކަޒެއް އޮބްޒާވްކުރަމުދާނެ ކަމުގަ އެވެ.

މީގެއިތުރުން، އެކިއެކި ވަގުތުތަކުގައި މަރުކަޒުތަކަށް ޒިޔާރަތްކޮށްގެން އަތޮޅުތެރޭގެ 70 މަރުކަޒަކާއި ގްރޭޓާމާލޭގެ 152 މަރުކަޒަކާއި މާފުށީ ޖަލު ހިމެނޭގޮތަށް 223 މަރުކަޒެއް ގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް އޮބްޒާވްކުރަމުންދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.

އެޗްއާރްސީއެމްއިން ބުނީ މި މަސަތްކަތުގައި އެކިރަށްރަށުން ނަގާފައިވާ 25 ލޯންގް ޓާމް އޮބްޒާވަރުންނާއި ކޮމިޝަންގެ 73 މުވައްޒަފެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް