ads
ވޯޓްލާން ދާ މީހުންނަށް މެލޭ އެމްބަސީން ދޫކުރާ ކޫޕަން
މެލޭޝިޔާގައި ވޯޓްލާ ދިވެހިންނަށް އެމްބަސީން ކެއުން ހިލޭ
މިއަދު ކުރިޔަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މެލޭޝިޔާގައި ވޯޓްލާ ދީވެހިންނަށް އެމްބަސީން ހިލޭ ކެއުން ހަމަޖައްސާޕދީފިއެވެ.

ކުއަލަމްޕޫރުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓްލާންދާ މީހުންނަށް ދެމުން އަންނަނީ "ފްރީ މީލް" ކޫޕަނެކެވެ. މި ކޫޕަން ބޭނުންކޮށްގެން މިއަދު ކެއުން ލިބެއެވެ. ވޯޓް ފޮށި ކައިރިއަށް ވޯޓްލާން އަންނަ މީހުންނާއި ވޯޓްނުލާ މީހުންނަށްވެސް މި ކޫޕަން ލިބޭކަމަށްވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުގައިވެސް މެލޭގެ ފޮއްޓަށް ވޯޓްލާން ދިޔަ މީހުންނަށް އެމްބަސީން ކެއުން ވަނީ ހަމަޖައްސާދީފައެވެ.  

މެލޭޝިއާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލުމަށް 708 މީހުން ރަޖިސްޓާކޮށްފައިވެއެވެ. އޭގެ ތެރޭގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ސިންގަޕޫރާއި ފިލިޕިންސްގައި ކިޔަވަން ތިބި ދަރިވަރުންނާއި ދިވެހިން ހިމެނޭއެވެ. 

މެލޭގައި ވޯޓްލުން ކުރިޔަށްދާނީ އެގައުމުގެ ގަޑިން މެންދުރު 11:00 އިން މިރޭ 20:30 ގެ ނިޔަލަށެވެ. މި ފަހަރު އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާފައިވަނީ 3 ވޯޓް ފޮއްޓެވެ. އެއީ މެލޭޝިޔާގެ އިތުރުން އިންޑިއާގެ ޓްރިވެންޑަރަމާއި ސްރީލަންކާގެ ކޮލަމްބޯއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް