ads
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން
އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރި ނަމަވެސް ލިބެނީ ބޮނޑި: ގާސިމް
ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމެއް ނެތި ކުރައްވާ މަސައްކަތުގައި އަބަދުވެސް ލިބިވަޑައިގަންނަވަނީ ބޮނޑި އާއި އަނިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމެއް ނެތި ކުރައްވާ މަސައްކަތުގައި އަބަދުވެސް ލިބިވަޑައިގަންނަވަނީ ބޮނޑި އާއި އަނިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ބޭފުޅުންގެ މެންބަޝިޕް ފޯމް ހަވާލުކުރުމަށް ރޭ ބޭއްވި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ވަރަށް ގިނަ ފަހަރު "ބޮނޑި" އާއި "އަނިޔާ" ލިބިވަޑައިގެންފި ކަމަށެވެ.

ގާސިމް ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އަނިޔާ ލިބިވަޑައިގެންނެވި ނަމަވެސް އެމަސައްކަތުގައި ސާބިތު ހުންނަވަނީ ގައުމަށް ރަނގަޅު ގޮތް އެެދޭތީ ކަމަށެވެ. ގައުމަށް ރަނގަޅު ގޮތް ވުމަކީ އެމަނިކުފާނަށް ވެސް ރަނގަޅު ގޮތް ވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެެވެ.

"އަޅުގަނޑަށް ފައިދާ ބޮޑީ އަދި އަޅުގަނޑުގެ އަމިއްލަ ނަފްސާއި އަނބިދަރިންނަށް ވެސް އަޅުގަނޑުގެ މުދަލަށް ވެސް ރައްކާތެރިކަން ބޮޑީ އަޅުގަނޑު މިދައްކާ ވާހަކަތައް މިހެން ނުދައްކާ އަޅުގަނޑު މިކުރާ މަސައްކަތް މިގޮތަށް ނުކުރުމުން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދުމަށް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އިންތިހާބެއްގެ ކުރިން ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށްފިނަމަ އެވަގުތަކު އޮންނަ ސަރުކާރެއްގެ ގޮންޖެހުންތައް ޕާޓީއަށް ކުރިމަތިވާ ކަމަށެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވާލުމާ ގުޅިގެން ރޭގެ ޖަލްސާގައި ވެސް ގާސިމް ވަނީ އެކަން ފާހަގަކުރައްވާ، ޝަރުކާރުގެ ނިންމުމަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ އެއީ މަސްލަހަތަށްޓަކައި ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ނުދިއުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް ރެއިން ފެށިގެން ސިފައިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަން ސިފައިން އިއުލާންކުރުމާ ގުޅިގެން ގާސިމް ވިދާޅުވީ ސިފައިންގެ ނިންމުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. ގައުމުގެ އަމާންކަން ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ތެރެއިން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން އިންތިހާބީ މަގާމަކަށް ކުރިމަތިލައިގެން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކުން ޖޭޕީއާ ގުޅުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް