ނިލަންދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ސައުދާ ވާދަކުރެއްވިއިރު، ދެން އެ ދާއިރާއަށް ވާދަކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑީޑޭޓެކެވެ.
މި ދާއިރާގެ ރަސްމީ ނަތީޖާ އަދި ލިބިފައި ނެތް ނަމަވެސް، މިހާތަނަށް ލިބިފައިވާ މައުލޫމާތުން ސައުދާ އުޅުއްވަނީ 500 ވޯޓު ކުރީގައެވެ. އެ ދާއިރާގައި ހިމެނެނީ ނިލަންދޫއާއި ދަރަނބޫދޫ އެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ދާއިރާގެ މާލޭގައި ހުރި ފޮށްޓާއި ދަރަނބޫދޫގެ ފޮށިންވެސް ބޮޑު ތަފާތަކުން ސައުދާ އުޅުއްވަނީ ކުރީގައެވެ. އަދި ނިލަންދޫގައި ހުރި ދެ ފޮށިންވެސް ސައުދާވަނީ ބޮޑު ތަފާތަކުން، އިންތިހާބު ކާމިޔާބު ކުރައްވާފައެވެ.
ސައުދާ ވެގެންދާނީ ނިލަންދޫ ދާއިރާއަށް އިންތިހާބުވާ އެންމެ ފުރަތަމަ އަންހެން މެންބަރަށެވެ.