އިވާ ދާއިރާގެ ގޮނޑި މި ގެއްލުނީ 3 ދައުރަށް ފަހުއެވެ. އީވާ ވަނީ ބަލިވެސް ގަބޫލުކޮށްފައެވެ.
ގަލޮޅު އުތުރު ދާއިރާ ކާމިޔާބުކުރި ކުޑޫ
މިހާތަނަށް ލިބުނި ނަތީޖާތަކަށް ބަލާއިރު ކުޑޫ ގޮނޑި ކާމިޔާބުކޮށްފައިވަނީ ދާއިރާގައި ވާދަކުރި ކެނޑިޑޭޓުންނާއި ބަލާއިރު ބޮޑު ތަފާތަކުންނެވެ.
ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި އީވާ މިފަހަރުގެ އިންތިހާބަށް ނުކުންނެވީ އެހެން އެމްޑީޕީ ދޫކޮށް ގުޅިވަޑައިގެންނެވި ދަ ޑިމޮކްރެޓްސްއިން ނެވެ. އޭނާ އެމްޑީޕީ ދޫކޮށްލީ ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ މިދިޔަ ސަރުކާރުގައި އުފެއްނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ.
މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސް 39 ކެންޑިޑޭޓުން ވާދަކުރިއިރު މިހާތަނަށް ލިބުނު ނަތީޖާއިން އެޕާޓީގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.