ads
ރައީސް ޑރ. މުއިއްޒު: ވިދާޅުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯއްޗެއް، ގެދޮރެއް ނުލިބޭ އެކަކުވެސް ނުހުންނަ ހިސާބަކީ ޓާގެޓް ކަމަށް - ފޮޓޯ:ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ހޯދައިފި
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުން ހޯދައިފި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން މިހާތަނަށް 50 ގޮނޑި ހޯދައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ އަކީ ދެބައި ކުޅަ އެއްބައި ކަމަށްވާ 47 ގޮނޑި އެވެ. ސުޕަ މެޖޯރިޓީ އަކީ މަޖިލީހުގެ ހަތަރުބައިކުޅަ ތިން ބައި ކަމަށްވާ 70 ގޮނޑި އެވެ.

މިއަދުގެ އިންތިހާބުގެ ނަތީޖާ މިހާތަނަށް ފެންނަ ގޮތުން ވަރަށް ހައިރާން ކުރަނިވި ނަތީޖާ އަކުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދާނީ ކޮންގްރެސް އިން ކަމަށް ބެލެވެ އެވެ.

އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ. 

މި ނަތީޖާ އަކީ ކުރީން އެއްގޮތަކަށް ވެސް ހީކުރެވިފައި އޮތް ނަތީޖާއެއް ނޫނެވެ. މިއަދު އޮތް އިންތިހާބު ގައި އެމްޑީޕީގެ ވަރަށް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އަދި ކޮންގްރެސްގެ ޓިކެޓް ގައި ނިކުންނެވި ވަރަށް ޒުވާން ގިނަ ކެންޑިޑޭޓުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް