ads
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ހަތަރު ދައުރަށްފަހު މަޖލީހުގެ ރައީސް އަސްލަމްވެސް ގެއަށް
ރައްޔިތުން މަޖިލީހުގައި ހަތަރު ދައުރަށްފަހު މަޖިލީހުގެ ރައީސް އަސްލަމް ގޮނޑި ގެއްލިއްޖެއެވެ.

20 ވަނަ ރައްޔިޔުން މަޖލީހަށްވެސް  އަސްލަމް ވާދަކުރީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ. މިއަދު ބޭއްވި އިންތިހާބުގައި މި ދާއިރާއަށް 7 ކެންޑިޑޭޓުން ވާދަކުރިއެވެ. 

މިދިޔަ ނޮވެމްބަރު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އަސްލަމީ މަޖިލީހުގައި މީހަރު ތިއްބެވި އެންމެ ގިނަދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އަސްލަމާއި ވާދަކޮށް މި ދާއިރާ ކާމިޔާބު ކުރީ ސަރުކާރު ކެންޑިޑޭޓް މުހައްމަދު ސިނާން (ސިނާ) އެވެ. 

ރައްޔިތުންގެ މަޖިލިހުގެ 7 ގޮނޑީގައި ވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެހެންނަމަވެސް މިއަދުގެ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް އައްޑޫ ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. އަންނަ މަޖިލީހުގައި އައްޑޫ ސިޓީގެ 8 ގޮނޑި ހުންނާނެއެވެ. 

މިއީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް