އޭނާ ވާދަކުރެއްވީ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި އަށެވެ.
މިހާތަނަށް ލިބުނު ނަތީޖާ ދައްކާގޮތުން އެ ދާއިރާގެ ގިނަ ފޮށިތަކުން ކުރީގައި އުޅެނީ އިބްރާހިމް މުހައްމަދުއެވެ.
މައްޗަންގޮޅި އުތުރު ދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަކުރިއެވެ. ޕީއެންސީންގެ ޓިކެޓްގައި ނުކުތް އިބްރާހިމް މުހައްމަދާއި އަމިއްލަ ގޮތުން ވާދަކުރެއްވި އައްސަދު ޝަރީފް (އައްސަދު)، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، އެމްޑީޕީގެ ކެންޑިޑޭޓް ލިރުގާމް ވަހީދު (ނާމު) އަދި ޑިމޮކްރެޓްސް އިން ވާދަކުރެއްވި ހުސެއިން އަމްރުއެވެ.