20 ވަނަ ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި މަޖިލީހުގެ އިންތިހާބު މިހާތަނަށް ލިބުނު ނަތީޖާ ދައްކާގޮތުން ސަރުކާރަށް ވަނީ 60 ވުރެ ގިނަ ގޮނޑި ލިބިފައެވެ.
މި ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ނަތީޖާއިން ދިވެހިން ތިބި ގޮތް ވަރަށް ސާފުކަމަށެވެ.
މަޖިލިސް އިންތިހާބުގައި އަބްދުއްރަހީމް ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފއިވަނީ ބޮޑު ތަފާތަކުންނެވެ. އެ ދާއިރާގެ މީހުން ވޯޓްލީ ހުރިހާ ފޮއްޓަކުން ކުރި ހޯއްދެވީ އަބްދުއްރަހީމްއެވެ.
މި ފަހަރުގެ އިންތިހާބަށް ނިކުންނެވިއިރު ވެސް ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ހޯއްދަވާނެ ކަމަށް އޮތީ ބެލެވި ފައެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފަ އެވެ.