ޔަތަލް، އަލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ ވާދަ ކުރައްވަ އެވެ. އަލިފުށީ ދާއިރާގެ މެންބަރު ކަން ދެ ދައުރު ކުރައްވާފައިވާ ބިގޭ ވަނީ ރ އަތޮޅުގެ މެންބަރު ކަން ވެސް ކުރައްވާފައެވެ.
އިތުރު ދައުރެއް ހޯއްދަވަން އިންތިހާބު ގައި ވާދަ ކުރެއްވި ބިގޭ އަކީ އެމްޑީޕީގެ ޕީޖީ ގުރޫޕާއި ޕާޓީގައި ވެސް މިވަގުތު އެންމެ ސީނިއާ އެއް ބޭފުޅެވެ.
ޔަތަލް އަކީ މަޖިލީހަށް އައު ނަމަވެސް އަލިފުށީގައި ސިޔާސީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.