މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް އެެމްޑީޕީން ވާދަކުރީ މިދިޔަ ސަރުކާރުގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އޭނާ ބަލިކޮށް ގޮނޑި ނެގީ ފަރުހަތު މުހައްމަދެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރީ އެ ދާއިރާގެ މިހ|ާރުގެވެސް މެމްބަރު ޔާސިރު އަބްދުއްލަތީފްއެވެ. އޭނާއާ ވާދަކޮށް ގޮނޑި ހޯދީ ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުކަން ކުރައްވަމުން އަންނަ މުހައްމަދު ދާއޫދެވެ.
ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
20 ވަނަ ރައްޔިތުން މަޖިލީހަށްް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ވަނީ ބޮޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިފައެވެ. މިހާރު ހިނގާ މަޖިލީހުގެ އިންތިހާބުން އެމްޑީޕީ ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ.
އާއްމުކޮށް އެމްޑީޕީން މެޖޯރިޓީ ހޯދާ ކުޅުދުއްފުށި ސިޓީއާ މާލޭ ސިޓީއާ ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީން އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުތިމަތިވެފައެވެ.