20 ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނު އެއް ދާއިރާ އަކީ ހޯރަފުށީ ދާއިރާ އެވެ. އެ ދާއިރާއަށް އަލީ މޫސައާ ވާދަ ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް އެވެ.
ޔުނިވާސިޓިއޮފް ސަންޑަލޭންޑް އިން ވިޔަފާރީގެ ދާއިރާއިން މާސްޓަސް ހާސިލްކުރައްވައިގެން ހުންނެވި އަލީ މޫސަ، އިންތިހާބަށް ނިކުންނަވާ ވަރުގަދަ ކެމްޕެއިނެއް ހިންގެވި އެވެ.
އަދި ތާއީދު އިތުުރު ކުރައްވާ ހައިރާން ކުރަނިވި ނަތީޖާ އަކުން އަލީ މޫސަ ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.